ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލި އިބްރާހީމް އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.
އިކްރާމް އަލުން ހައްޔަރުކޮށްފައިވަނީ ހައިކޯޓުން އިއްޔެ އޭނާ ދޫކޮށްލުމުންނެވެ. ހައިކޯޓުން އޭނާ ދޫކޮށްލަން ނިންމި ނިންމުމުގައި ވިދާޅުވެފައިވަނީ އިކްރާމަށް ވަކީލަކު އައްޔަންކޮށްފައިވަނީ ވަކީލަށް ހާޒިރުވާނެ ފުރުޞަތު ނުލިބޭގޮތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގު ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަކީ ވަކީލެއްގެ ފުރުޞަތު ނުދީ ނެރުނު އަމުރަކަށްވާތީ އެ އަމުރު ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ މިކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ހުޅުމާލޭގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ޕާކުކޮށްގެން މީހަކު އިން ސައިކަލެއްގައެވެ.