ޤައުމީ ދުވަހާ ގުޅިގެން ބަންދުވާ ދެ ދުވަހުވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ، ބަންދުވާ ދެ ދުވަހުވެސް މޯލްޑިވްސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެ ކަމަށެވެ. އަދި ޕާސްޕޯޓު ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ޕާސްޕޯޓު ދޫކުރުމަށްޓަކައި ނަންބަރު ދޫކުރުން ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކުރިއަށްދާނެ ކަމަށެވެ.
މިއާއެކު ޤައުމީ ދުވަހުގެ ބަންދުގައިވެސް ރައްޔިތުންނަށް މުހިންމު މި ޚިދުމަތް މެދުނުކެނޑި ލިބިގެންދާނެއެވެ. މިއީ ދަތުރުފަތުރަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.