ހޯރޓިފާމްގެ ބޭފުޅުންނާއި މިނިސްޓަރ ރަމީލާ ބައްދަލުކުރައްވައި ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ހޯރޓިފާމްގެ ބޭފުޅުންނާއި މިނިސްޓަރ ރަމީލާ ބައްދަލުކުރައްވައި ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ، ހޯރޓިފާމްގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައި، ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރގައި ބޭއްވުނު މި ބައްދަލުވުމުގައި، ހޯރޓިފާމްގެ ބޭފުޅުން ދަނޑުވެރިކަމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް މިނިސްޓަރާ ހިއްސާކުރެއްވިއެވެ. އަދި މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ރަމީލާ ވިދާޅުވީ، ހޯރޓިފާމްގެ ބޭފުޅުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ޔަޤީންކަން އަރުވައިފައިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން