ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި ޢަރަބި އިމާރާތަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި ޢަރަބި އިމާރާތަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު،  ސެޕްޓެމްބަރ މަހުގެ2 އިން 4 އަށް، އެކުވެރި ޢަރަބި އިމާރާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.
 
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫ.އޭ.އީ. ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
 
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
 
މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން