ރާއްޖޭގެ އެކި ސަރަހައްދުތަކުން އެއަރ ކާގޯކޮށް މޭވާއާއި ތަރުކާރީ އުފުލުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރާއްޖޭގެ އެކި ސަރަހައްދުތަކުން އެއަރ ކާގޯކޮށް މޭވާއާއި ތަރުކާރީ އުފުލުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށްފި

މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވަނީ މިއަދު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިނަސްޓަރ މުޙައްމަދު އަމީން އަދި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެއަރ ކާގޯކޮށް މޭވާއާއި ތަރުކާރީ އުފުލުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ މޭވާއާއި ތަރުކާރީ އަވަހަށް މާލެއަށް ގެނައުމަށް ހުރި ދަތިތައް ޙައްލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އެއަރ ކާގޯގެ ޚިދުމަތް ފުޅާކޮށް، އަގު ހެޔޮކުރުމާ ގުޅޭގޮތުން ވެސް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ރަށްރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ އަވަހަށް މާރުކޭޓަށް ގެނައުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ރަމީލާ މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން