8 މަސްދުވަސްތެރޭ ރާއްޖެއަށް 1.35 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
8 މަސްދުވަސްތެރޭ ރާއްޖެއަށް 1.35 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ފުރަތަމަ 8 މަސްދުވަސްތެރޭ ރާއްޖެއަށް 1,359,208 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން  މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެމަހު 217,392 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއަށްފަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ މަހުގައެވެ. އެމަހު 192,385 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ވަކިވަކި ޤައުމުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 198,704 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 147,185 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,682 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިއަދު އޮންލައިން