ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް: މެޑަމް ސާޖިދާ

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި މި ޤައުމީ ޕްލޭން އިފްތިތާހުކުރުމާއެކު، ކަމާގުޅޭ މުއައްސަސާތަކަށް ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ބައްޓަން ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މިއީ ޤައުމުގެ ކޮންމެ ކުއްޖަކީވެސް، ލިބޭ ގެއްލުމުން ސަލާމަތްވެ، ރައްކާތެރި މާޙައުލެއްގައި ކުރިއެރުމުގެ ބާރު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަޞައްވުރު ވަރަށް ސާފު، ކުޑަކުއްޖަކު އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ހެދިބޮޑުވުމުގެ ފުރުސަތު ފަހިކޮށް، ޒިންމާދާރު ހަރުދަނާ ފަރުދަކަށް ހަދަންޖެހޭނެ. މި ތަޞައްވުރު ގެނައުމަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ މަސައްކަތެއް. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށާއި، މިކަމުގައި އެންމެންގެ ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން