ގޮންޖެހުންތަކާއެކުވެސް ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގޮންޖެހުންތަކާއެކުވެސް ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ވަޒީރު ސަޢީދު

ގޮންޖެހުންތަކާއެކުވެސް ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވުނު ނެޝަނަލް ސިންގަލް ވިންޑޯ، "ޓްރޭޑިއަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޒަމާނީ ބަދަލުތައް ވިޔަފާރީގެ މާހައުލަށް ގެނައުން ކަމަށެވެ.

މިގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ލިބިފައިވާ އެކި އީ-ވޮލެޓް ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ކުރިއެރުންތައް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެކުރިން ދުވަހަކުވެސް ޕޭޕަލްއަކާއި ވާހަކައެއް ނުދެއްކޭ. ކުރި މަސައްކަތުން ޕޭޕަލްއަށްވަނީ ޕްރޮޕޯސަލް ހުށަހަޅާފައި. އެކަން ކުރާނަން. ދެން އޮތް ކަމަކީ ޔޫޓިއުބު، އެމޭޒޯން ފަދަ ޕްލެޓުފޯމުތަކުގައި ހުރި ރެސްޓްރިކްޝަންސްތައް،" ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި ކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މިފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރެވުމުން، ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު އުއްމީދު ފާޅުކުރެއްވިއެވެ.

މިއަދު އޮންލައިން