ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއެކު ބޭރު ފައިސާގެ އެހީ ލިބުމަށް މަގުފަހިވެގެންދާނެ: އިޤްތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއެކު ބޭރު ފައިސާގެ އެހީ ލިބުމަށް މަގުފަހިވެގެންދާނެ: އިޤްތިޞާދީ ވަޒީރު

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއެކު ބޭރު ފައިސާގެ އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެންވިދާޅުވެފައި ވަނީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި ޤާނޫނުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި މި ޤާނޫނުގެ ސަބަބުން އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަން އެގްރީމަންޓެއް ހެދި، އެ އެގްރީމަންޓް ބަލައިގަތުމުގެ ޖާގަ ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް އަބޫދާބީއާ ރާއްޖެއާ ދެމެދު އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަން އެގްރީމަންޓެއްގައި ސޮއިކުރެއްވިއްޖެނަމަ އެމިރޭޓްސްއަށްވެސް އަދި އާބޫދާބީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީއަކަށް ރާއްޖޭގައި ވިޔަފާރިކުރާއިރު ދެވަނަ ޔަޤީންކަމެއް އެބަލިބޭ ބައިނަލްއަޤްވާމީގޮތުން ވެސް ތިމަންނަމެންނަށް އިތުރު ރައްކާތެރިކަމާ ހިމާޔަތް ލިބޭނެކަން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޤާނޫނުގެ ސަބަބުން މުސްތަޤްބަލުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު އިންޓަރނަލް ޕްރީ އިންވެސްޓްމަންޓް އޮޑިޓްތަކެއް ހެދޭނެއެވެ. އަދި ރާއްޖެއަކީ ބައިނަލްއަޤްވާމީ މިންގަނޑުގައި ދުނިޔޭގެ އެހެން ޤައުމުތަކާ ވެސް ފައިހަމަކުރެވޭނެ ހިސާބުގައި ލީގަލް ސްޓްރަކްޗަރ ހެދިފައި އޮތް ޤައުމަކަށްވުމުން ބޭންކްތަކުން ވެސް ފައިސާގެ އެހީދޭ ފަރާތްތަކުން ވެސް ޓިކް ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން