ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ފެންތާނގީގެ މަސައްކަތް ހުޅުމާލޭގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ފެންތާނގީގެ މަސައްކަތް ހުޅުމާލޭގައި ފަށައިފި

ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ފެންތާނގީގެ މަސައްކަތް މިއަދު ހުޅުމާލޭގައި ފަށައިފިއެވެ. މި ތާނގީއަކީ 10 ހާސް ޓަނުގެ ފެން ރައްކާކުރެވޭނެ ތާނގީއެކެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވާނެއެވެ.

މިކަމަށް ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.

މި މަޝްރޫޢު ފަށްޓަވައި ދެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މި ތާނގީގެ ސަބަބުން މިހާރު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 80 އިންސައްތަ އިތުރުވެ، ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދޭ އެއް މަސައްކަތަކީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް މެދުނުކެނޑި ފެނުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކޮށް ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް މަތީން ވިދާޅުވިއެވެ.

34.7 މިލިޔަން ރުފިޔާގެ މި މަޝްރޫޢު އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. 

މިއަދު އޮންލައިން