އެމްޕީއެލްއިން މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެން: ސީއީއޯ ވަޖީޙް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްޕީއެލްއިން މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެން: ސީއީއޯ ވަޖީޙް

އުތުރުގައި އެމްޕީއެލްއިން ފަށާ މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އުތުރުގައި އެމްޕީއެލް ޚިދުމަތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވަޖީޙް ވިދާޅުވީ ބޯޓުތަކަށް ޚިދުމަތް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެންކަމަށާއި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭނެ ކަމަށެވެ.

ވަޖީޙް އިތުރަށް ވިދާޅުވީ، މި ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް ރާއްޖެ އަންނަން ޖެހޭ ސަބަބު މެދުވެރިކުރުވަން ޖެހޭ ކަމަށެވެ. އަދި މި ސަރަހައްދުގައި ހިމެނޭ އެހެން ޤައުމުތަކަށް ވުރެ ޚިދުމަތްތައް ފުރިހަމަވާންޖެހޭނެ ކަމަށާއި، އެކަން ނުކުރެވޭ ނަމަ އެފަރާތްތަކުން ޚިދުމަތް ހޯދުމަށް އައުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމްޕީއެލްގެ ވިސްނުމަކީ ޚިދުމަތްތައް ފުރިހަމަކޮށްދީ ޚިދުމަތް ހޯދަން އަންނާނެ ސަބަބު މެދުވެރިކޮށްގެން މިކަންކޮށްދިނުން" ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ޚިދުމަތް މިމަހުގެ 12 ވަނަ ދުވަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެސްޓީއޯއިން ބަންކަރިން ޚިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ޚިދުމަތެއް ދޭނީ އެމްޕީއެލްއިންނެވެ.

މި ޚިދުމަތްތައް ފެށުމުން، ރާއްޖޭގެ އުތުރުގައި ދަތުރުކުރާ ބޯޓުފަހަރަށް ފުރިހަމަ މެރިޓައިމް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން