ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްފި

ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްފިއެވެ.

މި ކޮލެޖު އިފްތިތާޙްކޮށްދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާ ވެސް ވި އިފްތިތާޙްކޮށްފައެވެ. އެއީ ދިވެހިބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް ޑީންއެއް ނުވަތަ އިސްވާރެއްވަނީ އައްޔަންކުރައްވާފައެވެ.

ޤައުމިއްޔަތުގެ ކޮލެޖާ ބެހޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެފައިވަނީ ޤައުމިއްޔަތުގެ ކޮލެޖުގައި އެންމެ ފުރަތަމަ މާއްދާއަކަށް ކިޔަވައިދޭނީ ދިވެހި ތާރީޚު ކަމަށެވެ. އަދި އެހެން ކޮލެޖުތަކާ ޚިލާފަށް މި ކޮލެޖުގައި ތާރީޚު ކިޔަވައިދޭގޮތް ތަފާތުވާނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ޤައުމިއްޔަތާގުޅޭ ޢިލްމުތައް ކިޔަވައިދޭ ކޮލެޖެއް ޤާއިމްކުރައްވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އިޢުލާނު ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

 

މިއަދު އޮންލައިން