ޝައިޚް ޢަލީ ޒައިދު ރައީސް މައުމޫނަށް!: ދީނުގެ އެތަކެއް ދަލީލުގެ އަލީގައި އުއްމަތުގެ ޢިލްމުވެރިން ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން އަތްޖޯޑުކޮށްގެން ސަލާމްކުރުން ޙަރާމްކަމުގައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޝައިޚް ޢަލީ ޒައިދު ރައީސް މައުމޫނަށް!: ދީނުގެ އެތަކެއް ދަލީލުގެ އަލީގައި އުއްމަތުގެ ޢިލްމުވެރިން ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން އަތްޖޯޑުކޮށްގެން ސަލާމްކުރުން ޙަރާމްކަމުގައި!

"أنصاريّ ކަނބަލުން بيعة ހިއްޕެވުމަށް ވަޑައިގަތް ހިނދު رسول ﷲ (ص) އެކަނބަލުންނާއި بيعة ހިއްޕެވީ އަނގަބަހުން! އަތާ އަތްޖޯޑުކޮށްގެންނެއް ނޫން! ދީނުގެ އެތަކެއް دليلގެ އަލީގައި أمة ގެ ޢިލްމުވެރިން ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން އަތްޖޯޑުކޮށްގެން ސަލާމްކުރުން ޙަރާމްކަމުގައި!"

- ޝައިޚް ޢަލީ ޒައިދު

"ހިލޭ ފިރިހެނުން ކުރިމަތީގައި މުއުމިނު އަންހެންތަކުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި ސާފުކޮށް އަންގަވާފައިވީއިރުވެސް، ޢަރަބިބަސް ދަންނަ އެތައްބަޔަކު އެ ޙުކުމަށް ބޯނުލަބާންވެގެން، ބިންމަތީގައި ބޮޑާވެގަންނަނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތައްއަރައެވެ."

- ޢަބްދުﷲ ބިން ޖަނާބް 

މި 2 ބޭފުޅުން މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ރައީސް މައުމޫން މާބޮޑަށް ހިތާމަކުރައްވާ މައްސަލައެއް ކުރިމަތިވުމުންނެވެ. 

"ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށްއުފާވި. ހަމަ އެއާއެކު ވަރަށްގިނަ ފިރިހެން ބޭފުޅުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވި."

- ރައީސް މައުމޫން 

މިއަދު އޮންލައިން