ޓެކްނޮލޮޖީ ގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ފަހުމުނާމާގައި ކަޒަކިސްތާނާ އެކު ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޓެކްނޮލޮޖީ ގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ފަހުމުނާމާގައި ކަޒަކިސްތާނާ އެކު ސޮއިކޮށްފި

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ފަހުމުނާމާގައި ކަޒަކިސްތާނާ އެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ އޭޝިއާ ޕެސިފިކް، މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޖިޓަލް އިންކްލޫޝަން އެންޑް ޓްރާންސްފޮމޭޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން ދެ ޤައުމު ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެއެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މަސައްކަތްތަކަށް މީހުން ބިނާކުރުމަށްވެސް އެކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތުއެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ، އެޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އަދި އެއިރޯސްޕޭސް އިންޑަސްޓްރީގެ ވަޒީރު ޒަސްލާން މެޑީވް އެވެ.

 

 

މިއަދު އޮންލައިން