ތިމާވެށީގެ މަޝްރޫޢުތަކަށް އީޔޫ އިން 110 މިިލިޔަން ރުފިޔާގެ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަޤީންކަންދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިމާވެށީގެ މަޝްރޫޢުތަކަށް އީޔޫ އިން 110 މިިލިޔަން ރުފިޔާގެ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަޤީންކަންދީފި

ރާއްޖޭގެ ތިމާވެށީގެ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫ ޔޫނިއަންއިން 110 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް އިބްރާހިމް މިހެން ވިދާޅުވެފައިވަނީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން އިންތިޒާމުކޮށްގެން ބޭއްވި އާރުސީއެފް 2024 އޭޝިއާ ފޯރަމްގެ ތެރޭގައި އައި.ޔޫ.ސީ.އެންގެ ޑިރެކްޓަރ ޖެނެރަލް ގްރެތެލް އެގުއިލާއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މި ބައްދަލުވުމުގައި، އައި.ޔޫ.ސީ.އެންގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްރޫޢުތަކަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.

ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވި ގޮތުގައި، މި އެހީ ލިބުމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މި އެހީ ލިބުމަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ތިމާވެށި ރައްކާތެރިކުރުމަށް އިތުރު މަޝްރޫޢުތަކެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން