ގަވާއިދާ ހިލާފަށް، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިއަ ބިދޭސީންތަކެއް އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގަވާއިދާ ހިލާފަށް، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިއަ ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީން މިއަދު އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ ރެއިޑެއްގައި އަތުލައިގަނެފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ މި ރެއިޑަކީ ޓާސްކް ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި ކުރިއަށް ގެންދެވުނު ޚާއްޞަ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަންގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމައެވެ.

މި ބިދޭސީން އަތުން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއްވެސް ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ވަނީ މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލު ފަހުން ހިއްސާކުރާނެ ކަމަށް ބުނެފައެވެ. އަދި ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ ޙަރަކާތްތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއީ އެއް ފިޔަވަޅު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ

މިއަދު އޮންލައިން