މޫލާފަހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރައީސްގެ ސިޔާސަތުގެ ނަތީޖާ ދަނީ ފެންނަމުން: އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މޫލާފަހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރައީސްގެ ސިޔާސަތުގެ ނަތީޖާ ދަނީ ފެންނަމުން: އިޙްސާން

ޤައުމުގައި މޫލާފަހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ރައީސްގެ ޚާއްޞަ އިރުޝިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯސްއިން މިއަދު ހިންގަން ފެށި މި އޮޕަރޭޝަންގައި ބައިވެރިވާ އެންމެހާ މުއައްސަސާތަކުގެ ހީވާގި ވެރިންނާއި ހިތްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާްވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ. މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެފަދަ މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަންގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ހައްލުވެގެންދާނެ ކަމަށް ވަޒީރު އިޙްސާން އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ދެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން