އިކްރާމްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އިކްރާމްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

މިދިޔަ ޖުލައިމަހުގެ 31 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލިކަމަށް ތުހުމަތުކުރެވޭ މ. ލޭންޑް އޮފް ގާރޑްން، އިބްރާހީމް އިކްރާމް ގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިކްރާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިތުރު 30 ދުވަހަށް ބަންދުކުރުމަށް ޤާޟީ އަމުރުކުރައްވާފައިވެއެވެ.

އިކްރާމް ހައިކޯޓުން ދޫކޮށްލުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޖަހައިދިނީ 3 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވުނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އިން މީހެއްގައެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

މިއަދު އޮންލައިން