ކުޅިވަރުގެ ތެރެއިން ކުދިންގެ ކިބައިގައި ރިވެތި އަޚްލާގު އަށަގެންނެވުމަށް ބޭނުން: ވަޒީރު ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުޅިވަރުގެ ތެރެއިން ކުދިންގެ ކިބައިގައި ރިވެތި އަޚްލާގު އަށަގެންނެވުމަށް ބޭނުން: ވަޒީރު ރާފިޢު

ކުޅިވަރުގެ ތެރެއިން ކުދިންގެ ކިބައިގައި ރިވެތި އަޚްލާގު އަށަގެންނެވުމަށް ބޭނުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫގައި ބޭއްވުނު "ހޮޅުފަހި އެވޯޑު" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުންނާއި ކުޅިވަރާބެހޭ ވުޒާރާއިން މިހާރު ކަންތައް ކުރަމުންދަނީ މި މަޤްޞަދު ހާސިލުކުރުމަށެވެ. މި ގޮތުން ކުޅިވަރުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މުޅި ރާއްޖެ ޝާމިލްކޮށް ލާމަރުކަޒީކޮށް ކުޅިވަރުތައް ކުރިއަރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތެރެއިން "ސްކޫލް ސްޕޯޓްސް ސިސްޓަމް" ޤާއިމްކުރުމަށް ރޭވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި ނިޒާމުގެ ދަށުން، ސްކޫލުގެ ތެރެއިން ކުޅިވަރު ކުޅެން ދަސްކޮށްދޭ ފަރާތްތައް ތަމްރީނުކޮށް، ކުދިންގެ ކިބައިގައި ރިވެތި ސިފަތައް އަށަގެންނެވުމަށް މަސައްކަތްކުރާނެ ކަމަށްަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ ތެރެއިން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރާނެ ސިފަތަކުގެ ތެރޭގައި ސާފުތާހިރުކަމާއި، ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި، ކޯޗުންގެ އިރުޝާދަށް ކިޔަމަންވުމާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްކުރުމާއި، ކުޅިވަރުގައި މޮޅުވުމާއި ބަލިވުން ގަބޫލުކުރަން ދަސްކުރުން ހިމެނެއެވެ.

 

މިއަދު އޮންލައިން