މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާ މިވަގުތު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅޭ ގޮތުން އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ މަހަކު މަގުމަތީގެ 200 އަށް ވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދަައްކައެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.