ވީޑިއޯގައި ފެންނަނީ ގަވާއިދުން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތައް: އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ވީޑިއޯގައި ފެންނަނީ ގަވާއިދުން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތައް: އިހުސާން

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތައްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަހީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ، މެރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑުގައި ގިނަ އަދަދެއްގެ އުޅަނދުތަކެއް ޖަމާކޮށްފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާ ގުޅިގެން ވަޒީރު އިހުސާން އެކްސް ގައި ވިދާޅުވީ މި ވީޑިއޯގައި ފެންނަނީ 6 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތައް ނައްތާލުމަށް ގެންގޮސް އެތަނަށް ޖަމާކުރާ މަންޒަރުކަމަށެވެ.

މިގޮތުން ނައްތާލެވުނު އުޅަނދުތަކުގެ ތަފްސީލު ވަޒީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ދެފުރޮޅުލީ 247 އުޅަނދު
- ހަތަރު ފުރޮޅުލީ 29 އުޅަނދު
- 223 ބައިސްކަލް
- 1 އެމްބިއުލާންސް

މި ވީޑިއޯ ފެތުރުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ވަޒީރުގެ މި ބަޔާނުން އެނގެނީ މިއީ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއްކަމެވެ. 

މިއަދު އޮންލައިން