މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ! ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު.

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ! ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު.

ބުދަ ދުވަހުގެ ރޭ 12:50 ހާއިރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެއެވެ. އިންޑިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ގދ. ގައްދޫ، އުމުރުން 21 އަހަރުގެ މުޙައްމަދު ލީވާން ޢަބްދުއްލަޠީފެވެ.

ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ލީވާން ނިޔާވެފައިވަނީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

މަރުޙޫމް ލީވާންގެ މައްޗަށް ކަށުނަމާދު ކުރުން ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުޙޫމްގެ ޢާއިލާއަށާއި ރަޙްމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.

މިއަދު އޮންލައިން