ތިމާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް އުޅަނދެއް ދުއްވަނިކޮށް މީހެއްގެ ގައިގަ ޖެހުމުން އެއީ އެކްސިޑެންޓަކަށްވާނީ ކިހިނަކުންތަ؟ މިކަންކަމަށް ވިސްނައި ނިކަން ބިރުވެތިވެބަލަ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިމާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް އުޅަނދެއް ދުއްވަނިކޮށް މީހެއްގެ ގައިގަ ޖެހުމުން އެއީ އެކްސިޑެންޓަކަށްވާނީ ކިހިނަކުންތަ؟ މިކަންކަމަށް ވިސްނައި ނިކަން ބިރުވެތިވެބަލަ!

އެކްސިޑެންޓްގެ މާނައަށް ބަލައިފިނަމަ އެއީ މީހާގެ ޤަޞްދަކާއި ނުލައި މެދުވެރިވާ ކަންކަމެވެ. 

އުޅަނދު ތިމާއަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރަށް ދުއްވަނީ ޤަޞްދުގައެވެ. ތިމާގެ ފުރިހަމަ އިޚްތިޔާރުގައެވެ. 

ދެވަނަ ގޮތަކީ މަސްތުގެ ޙާލަތުގައި އިނދެގެން ދުއްވުމެވެ. މަސްތުވަނީ ތިމާގެ އަމިއްލަ އިޚްތިޔާރުގައެވެ. 

ވީމާ މިދެ ޙާލަތަށް ބެލިނަމަވެސް ތިމާއަށް ކޮންޓްރޯލްނުކުރެވޭވަރަށް ޤަވާޢިދާއި ޚިލާފަށް ބާރަށް ދުއްވުމަކީ ތިމާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއްކަން އެބަ އެނގިގެންދެއެވެ. ވީމާ އެޙާލަތުގައި މީހެއްގެ ގައިގައި ޖެހި އޭނާއަށް ލިބޭ އަނިޔާތަކަށާއި މީހަކު މަރުވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން އެމީހަކަށް ނުޖެހިނުދާނެކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ. 

ވީމާ ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ނުވަތަ ކިތަންމެ އަވަހަކަށް ތަނަކަށްދާން ބޭނުންވި ނަމަވެސް ތިމާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރަށް ބާރަށް ނުދުއްވާށެވެ! ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާށެވެ! ތިމާގެ ސަބަބުން މީހަކަށް އަނިޔާވުމާއި އެއަނިޔާގެ ސަބަބުން ނުކުޅެދުންތެރިއަކަށް ބަދަލުވުމާއި އަދި މަރުވުމަކީ ﷲ ތަޢާލާގެ ޙަޞްރަތުގައި އެމީހަކު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަންކަމެވެ. 

- މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން