ގްރާންޓް ލިބޭ ޖަމްއިއްޔާތަކާއެކު ސޮއިކުރުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގްރާންޓް ލިބޭ ޖަމްއިއްޔާތަކާއެކު ސޮއިކުރުން ފަށައިފި

މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމިއްޔާތަކާއެކު ވާ އެއްބަވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ގްރާންޓް ލިބޭ މިއަދު 10 ޖަމްއިއްޔާއަކާއެކު މިއަދު ސޮއިކޮށްފައިވާއިރު މާދަމާ ވެސް އިތުރު ޖަމްއިއްޔާތަކާއެކު ސޮއިކުރުން ކުރިއަށްދާނެއެވެ.

މިއަދު ސޮއިކުރި ޖަމިއްޔާތައް:

- ދުވާފަރު ޔޫތު މޫވްމަންޓް

- އައިކަންސް އެސޯސިއޭޝަން

- ތުޅާދޫ ސިލްވަރ ޝައިންސް ކްލަބް

- ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

- ޖަމްއިއްޔަތުލް ސަލަފް

- ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން

- ޓޮޕްސީ

- އެސޯސިއޭޝަމް ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް

- ގަމު ޒުވާނުންގެ ޖަމްއިއްޔާ

- ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން