އެމްއެންޔޫގެ ދެ ބޭފުޅުންނަށް ޤައުމީ އިނާމް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އެމްއެންޔޫގެ ދެ ބޭފުޅުންނަށް ޤައުމީ އިނާމް ދީފި

2024 ވަނަ އަހަރުގެ ޤައުމީ އިނާމް ދިނުމުގެ ހަފްލާގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ޙިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނަށް ޤައުމީ އިނާމް ޙަވާލުކުރައްވާފައިވެއެވެ.

އެމްއެންޔޫ ޔުނިއަންގެ 9 ވަނަ ދައުރުގެ ނައިބު ރައީސް، ޙުސައިން ޢަލީ އަދި އެ ޔުނިވާސިޓިގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ، ސީނިއަރ ލެކްޗަރާ ،އަލްއުސްތާޛް ޢަބްދުއްރަހްމާން ޔޫނުސް ވަނީ 2024 ވަނަ އަހަރުގެ ޤައުމީ އިނާމު ހާޞިލުކުރައްވާފައެވެ.

އެމްއެންޔޫ ޔުނިއަންގެ ކުރީގެ ނައިބު ރައީސް، ޙުސައިން ޢަލީ ޤައުމީ އިނާމް ހާޞިލުކުރައްވާފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ދާއިރާއިންނެވެ. އަދި ސީނިއަރ ލެކްޗަރާ،އަލްއުސްތާޛް ޢަބްދުއްރަހްމާން ޔޫނުސް ވަނީ ކީރިތި ޤުރުއާންގެ ޢިލްމުގެ ދާއިރާއިން ޤައުމީ އިނާމް ހާޞިލުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވަނީ އެ ޔުނިވާސިޓީއަށް ނިސްބަތްވާ، ޤައުމީ އިނާމް ހާޞިލުކުރެއްވި ބޭފުޅުންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކޮއްފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން