ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ހއ. ދިއްދޫގައި ފަށައިފިއެވެ. މި މަޝްރޫޢުއަކީ ޖަޕާނުގެ ކުންފުންޏަކާއި ދިވެހި އަމިއްލަ ކުންފުންޏެއް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން، ލޮނު ފެކްޓްރީ ހިންގާނެ ކުންފުނީގެ ވެރިޔާ ޙުސައިން ރިސާލް ވިދާޅުދާޅުވީ، މިފަދަ މަސައްކަތެއް ރާއްޖޭގައި ކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން މަންފާ ހޯދޭނެކަން އަންގައިދިނުމަށް ކަމަށެވެ. އަދި އައު ވިޔަފާރިއެއް ރާއްޖެއަށް ތަޢާރަފުކުރުމަކީވެސް މިފަދަ މަޝްރޫޢުއެއް ހިންގުމުގެ ބޭނުމެއްކަމަށް ރިސާލް ވިދާޅުވިއެވެ.

ރިސާލް އިތުރަށް ވިދާޅުވީ، މިފަދަ މަސައްކަތެއް ރާއްޖޭގައި ދެމެހެއްޓެނިވިކޮށް ކުރެވިއްޖެނަމަ ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރުމަށާއި، ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަސައްކަތަކަށްވާނެ ކަމަށެވެ.

މި މަޝްރޫޢުއަށް ދިއްދޫ ކައުންސިލުން ވަނީ 15,000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައެވެ. މި ފެކްޓްރީގެ ސަބަބުން ދިއްދޫ ކައުންސިލަށް އާމްދަނީ އިތުރުވުމުގެ އިތުރުން، ރަށުގައި ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުއަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން