ތަޖިކިސްތާންގެ ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ތަޖިކިސްތާންގެ ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ތަޖިކިސްތާންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހްރިއްދީން އަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޖިކިސްތާންގެ ޚާރިޖީ ވަޒީރަށާއި، ތަޖިކިސްތާންގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. 

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ދޭތެރޭ އޮންނަ ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖޭން މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަންދެއްވާފައިވެއެވެ. 
އަދި އެމަނިކުފާނުގެ މެސެޖްގައި ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހްރިއްދީން އަށް ދުޅަހެޔޮ ސިއްހަތާއި ތަޖިކިސްތާންގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައިވެސްވެއެވެ. 

މިއަދު އޮންލައިން