އާބާދީގައި 293 މީހުން ހިމެނޭ ރިމަރަދޫ ރައްޔިތުންގެ އެދުމަކީ ތުލުސްދޫއަށް ބަދަލުވުން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އާބާދީގައި 293 މީހުން ހިމެނޭ ރިމަރަދޫ ރައްޔިތުންގެ އެދުމަކީ ތުލުސްދޫއަށް ބަދަލުވުން!

ކ. ހިރިމަރަދޫގެ 293 މީހުންގެ އާބާދީ ކ. ތުލުސްދޫއަށް ބަދަލުވުމަށް އެދި ސަރުކާރުގައި އެދިފައިވާކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ އިއްޔެ ހިރިމަރަދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބައްދަލުވުމުގައި ހިރިމަރަދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެހެން ރަށަކަށް ބަދަލުވުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިފައެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަށް އެދުމަކީ އެރަށު ރައްޔިތުންގެ ނިންމުމެކެވެ. މީގެ އިތުރުން، ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަޒީރު އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަކަށްވާތީ، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލައި، އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން