ދެ ޤައުމު ގުޅިގެން ހިންގޭ މަތީތައުލީމްގެ ޕްރޮގްރާމްތަކަކީ ޤައުމު ބިނާ ކުރުމަށް އެޅޭ ފިޔަވަޅެއް: ނޯވީ ތާޖުއްދީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދެ ޤައުމު ގުޅިގެން ހިންގޭ މަތީތައުލީމްގެ ޕްރޮގްރާމްތަކަކީ ޤައުމު ބިނާ ކުރުމަށް އެޅޭ ފިޔަވަޅެއް: ނޯވީ ތާޖުއްދީން

ދެ ދަޢުލަތުން ގުޅިގެން ހިންގާ މިދަފަ ޕްރޮގްރާމްތަކަކީ ތަޢުލީމީ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި،ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިޔާ ސަރުކާރާއި ދިވެހި ރާއްޖެއާއި ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އަކީ މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ، މުއައްސަސާއެކެވެ.

ތާޖުއްދީން ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ ސަރުކާރުން ގުޅިގެން 600 އަށްވުރެ ގިނަ ޕްރޮގްރާމަކުން 500 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ހުޅުވާލައި، އެ ދަރިވަރުންނަށް މަލީ އެހީ ފޯރުކޮއްދިނުމަށް ސޮއިކުރައްވާ އެއްބަސްވުމެއް ކަމަށެވެ.

"މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރަން. ދެ ދަޢުލަތުން ގުޅިގެން ހިންގާ މިދަފަ ޕްރޮގްރާމްތަކަކީ ތަޢުލީމީ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި،ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަށް އެޅޭ ފިޔަވަޅެއް"

މެލޭޝިޔާގެ އީއެމްޖީއެސްއާއި މިނިސްޓްރީއާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 500 އަށް ވުރެ ގިނަ ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން