ކުރިން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ މިއަދު ހަމައެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫން: ޝަމްޢާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކުރިން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ މިއަދު ހަމައެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫން: ޝަމްޢާން

ކުރިން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ މިއަދު ހަމައެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަމްޢާން ވިދާޅުވީ ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ ކޮންވީނިއަންސަކަށް ނޫން ކަަމަށާއި އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަނުޖެހޭ ބަޔަކު އުޅެދާނެ ކަމަށެވެ.

އަދި ކުރިން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ މިއަދުހަމަ އެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫންކަން ފާހަގަކުރައްވާ ޝަމްޢާން ވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވާލައިފައިވެއެވެ.

ޝަމްޢާން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅަކަށް ވީހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުން ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މިއަދު އޮންލައިން