ވަޒީރު ޑރ. ޝަހީމް އަލްޙާފިޡާ އައިޝަތު ލިޒީއާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ވަޒީރު ޑރ. ޝަހީމް އަލްޙާފިޡާ އައިޝަތު ލިޒީއާއި ބައްދަލުކުރައްވައިފި

ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ހާސިލްކުރެއްވި ށ. މިލަންދޫ، ފެހި އަލްޙާފިޡާ ޢައިޝަތު ލިޒީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ވަޒީރުވަނީ ޢައިޝަތު ލިޒީ ހޯދެއްވި މަތިވެރި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާފައެވެ. އަދި ޤުރުއާނާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި އުނގެނުނުކަންކަން އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމި ހުންނެވުމަށް ވަޒީރު ނަޞޭޙަތްތެރިވެލައްވާފައިވެއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނާއި ބައްދަލުކޮށް ވަޒީރު އަންނަނީ ހިއްވަރު ދެއްވަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން