ޒަހަމްތަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ޒަހަމްތަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ!

ނ. ހޮޅުދޫގައި 50 އަހަރުގެ އަންހެނަކު ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ ބަހުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ޒަހަމްތަކާއެކު އަންހެނަކު އޮތްކަމުގެ ރިޕޯޓެއް ލިބުނު ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެޓެންޑުވެ، އަންހެން މީހާ އެ ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އަންހެން މީހާ މަރުވެފައިވާކަމަށް އެ ސެންޓަރުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްއިން ހޯދި އިތުރު މަޢުލޫމާތުގައިވާ ގޮތުން، މަރުވެފައިވާ އަންހެން މީހާ ފެނިފައިވަނީ އެރަށު "ނިއުލައިފް" ނަމަކަށް ކިޔާ ގެއެއްގެ ގުދަން ތެރެއިންނެވެ. މިއަދު ހެނދުނު 9:30 ހާއިރު އެ ގެއަށް ކުނި ނަގަން ދިޔަ މީހަކަށް ޒަހަމްތަކާއެކު އޭނާ ފެނިފައިވާކަމަށް ވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވާއިރު، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ފުލުހުންނަށް އެ މަޢުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.

މިއަދު އޮންލައިން