ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން: އިޤްތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން: އިޤްތިޞާދީ ވަޒީރު

ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެެވެ. 

ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ވިލާކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ރީބްރޭންޑް ކުރުމާއި އިންކިއުބޭޝަން ސެންޓަރ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރުމަށް މަސައްކަތް މިއަދު ކުރަމުންއަންނައިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީރު ވަނީ ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

"ތިބޭފުޅުންނާއިއެކު މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކޮށްދެވޭނެ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ. އެއީ ރާއްޖޭގެ ހުރިހާ ކޮލެޖްތަކަށް ސްކޫލްތަކަކަށްވެސް," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރާއެކު ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ޤައުމު ބިނާކުރުމަށް އައު ޖޯޝަކާއި ފޯރިއަކާއެކު މަސައްކަތްކުރުމަށާއި، އިނޮވޭޓިވް އައު ސެކްޓަރތަކަށް ވަނުމަށް މަސައްކަތްކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން ޤައުމުގެ ރޭޓިން ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ދަރަނި އަރަންޏަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެއްކޮށް މަސައްކަތްކޮށްގެން," ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުގެ މި ބަސްފުޅުތަކުން ސަރުކާރުން ޒުވާނުންގެ ބައިވެރިވުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔައެވެ. އަދި ޤައުމުގެ ތަރައްޤީއަށް ޒުވާނުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރެވުނެވެ.

މިއަދު އޮންލައިން