ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކޮށް އެއް މަޤްޞަދެއް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރަން މަޖުބޫރު: އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކޮށް އެއް މަޤްޞަދެއް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރަން މަޖުބޫރު: އިހުސާން

ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކޮށް، އެއް މަޤްޞަދެއް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރަން މިއަދު މަޖުބޫރު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޖިއަންސޫ ޕްރޮވިންސްގައި މިހާރު ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ، ޤައުމުތަކާއި ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެއެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި ކުށްތައް ހިންގާ ގޮތާއި އެކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސައިބަރ ކްރައިމްއާއި، ޓެރަރިޒަމާއި އެކި ޤައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯކުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"މި ގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތް ވާންޖެހޭނީ ޤައުމުތަކުގެ އިޙްތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާ ގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް. އަދި އެންމެ ޤައުމަކަށް މި މައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެ" ވަޒީރު އިހުސާން ވިދާޅުވިއެވެ.

މި ފޯރަމްގެ ހަވާސާގައި ވަޒީރު އިހުސާން ވަނީ ޗައިނާގެ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާހޮންގްއާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ބާއްވަވާފައެވެ.

މިއަދު އޮންލައިން