މީގެ 2 އަހަރު ކުރިން ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭން ނެގި 22 ޓަނުގެ ހިރިގާ ޚާއްޞަ މޮނިޔުމެންޓެއްގެ ގޮތުގައި ބާއްވައިފިއެވެ.
އައްޑޫ ސިޓީގެ މަރަދޫފޭދޫ ރަމުޒުކޮށްދޭ މުހިންމު މޮނިޔުމެންޓެއްގެ ގޮތުގައި މި ހިރިގާ ބޭއްވީ އެ ކަމަށް ޓަކައި ތައްޔާރުކުރެވިފައިވާ ޚާއްޞަ ދާނެއްގައެވެ.
އައްޑޫ ސިޓީ ކައުންސިލާއި، މަރަދޫފޭދޫ އަވަށު އޮފީހާއި، މި ވުޒާރާގެ އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން ގުޅިގެން ތައްޔާރުކުރެވުނު މި މޮނިޔުމެންޓަކީ އައްޑޫގެ ތާރީޚުގައި ޚާއްޞަކޮށް މަރަދޫފޭދޫގެ ތާރީޚުގައި މުހިންމު ވާހަކަތަކެއް ކިޔައިދޭނެ މޮނިޔުމެންޓެކެވެ.
މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރާއި ތާރީފު ޙައްޤެވެ.
ހަބަރު: ސަރުކާރު