އަނެއްކާވެސް ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
އަނެއްކާވެސް ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅޭޅޭ ބްރިޖް ސަރަޙައްދުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން ފިރިހެނަކަށް ވަނީ އެކި ކަހަލަ ކުދި އަނިޔާތައް ލިބިފައެވެ. އޭނާގެ ގައިގެ ބައެއް ތަންތަނުން ހަން މަށައިގެންގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްގެ ސަބަބުން ދެ އުޅަނދަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. 

ފުލުހުން އާންމުންނަށް އިލްތިމާސް ކުރައްވަނީ މަގުމަތީގައި ދުއްވާއިރު ސަމާލުވެ، ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެން ވެސް މަސައްކަތް ކުރުމަށެވެ.

މިއަދު އޮންލައިން