މަރުވެފައި އޮތް މީހަކު ކުޅުދުއްފުށީ ފަޅުތެރެއިން ފެނިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
މަރުވެފައި އޮތް މީހަކު ކުޅުދުއްފުށީ ފަޅުތެރެއިން ފެނިއްޖެ!

ހދ. ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރު ފަޅުތެރެއިން މިއަދު ހެނދުނު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އެރަށު ޑެއިޒީފެހި، 36 އަހަރުގެ ޙަސަން މުޙައްމަދު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައިފިއެވެ.

މިކަމާގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިއަދު ހެނދުނު 8:17 ހާއިރު ކުޅުދުއްފުށީ އުތުރު ބަނދަރު ފަޅުތެރޭގައި މީހަކު މަރުވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކުރެވުނު ކަމަށާއި ފުލުހުން ވަގުތުން އެސަރަހައްދަށް ގޮސް، މަރުވެފައި އޮތް މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނުކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށާފައެވެ. މަރުގެ ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅުންހުރި އިތުރު މަޢުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

މިއަދު އޮންލައިން