6 އަތޮޅެއްގެ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
6 އަތޮޅެއްގެ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށައިފި

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 6 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދާ ތާޒާކުރުމުގެ ޕްރޮގުރާމް މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު ފެށި ޕްރޮގުރާމުގައި ބައިވެރިވަނީ ނ، ރ، ފ، ދ، ތ، ލ އަތޮޅުގެ އިމާމުންނެވެ. މި 6 އަތޮޅު ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އިމާމުންނަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ސެޝަންތައް ކުރިއަށް ގެންދަނީ އޮންލައިންކޮންނެވެ.

މި ޕްރޮގުރާމު ފެއްޓެވުމަށް މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގެ ތެރެއިން ތަފާތު އެކި މުޙިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި ސެޝަންތަކުން އިމާމުންނަށް ބޭނުންވެލައްވާ މުހިއްމު އެތައް މަޢުލޫމާތުތަކެއް ލިބިގެންދާނެކަަމަށެވެ. މީގެ އިތުރުން، ހުރިހާ އިމާމުންވެސް ސެޝަންތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް ގއ، ގދ އަދި ފުވައްމުލަކު ސިޓީގައިވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިންމުންކަން ފާހަގަކޮށްލެވެއެވެ.

އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީން ދިނުމާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަން ދެއްވާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބާރުއަޅުއްވާކަމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން