ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށް ވަަރަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުން: ވަޒީރު އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށް ވަަރަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުން: ވަޒީރު އާދަމް ޝަރީފް

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެލެއްވި ފަހުން އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން ބޭއްވި ދެވަނަ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބް ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މިއަދުގެ މި ބައްދަލުވުން ހާއްސަ ކުރެވިފައިވަނީ ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުކައުންސިލްގެ ރައީސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ ތަކުގެ މެންބަރުންނަށް އަމާޒުކުރައްވައެވެ.

މިއަދުގެ މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވި ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ އެންމެ މުހިންމު ހިއްސާދާރުންނަކީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށާއި މިފަދަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ އިރު އެކަމުގެ ހެޔޮނަތީޖާ ނެރެވޭނީ ކިހިނެއް ކޮންގޮތަކަށް މަސައްކަތް ކުރައްވައިގެން ކަން ވަރަށް ރަނގަޅަށް ބައްލަވަން ޖެހޭ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ހިންގާ ވަރަށް ކުދި ކަންތައްވެސް އަދި ވަރަށް ބޮޑެތި ކަންތައްތައްވެސް އެއީ އަޅުގަނޑުމެންގެ އިޖްތިމާއި ފޭރާމަށް ގެއްލުން ލިބޭފަދަ ބޮޑެތި ކަންތައްތައް ވެސް އެހެންފަރާތް ތައް މެދުވެރިކޮށްވެސް ރާއްޖެއަށް ވެސް އަދި މުޅި ދުނިޔެއަށް ވެސް ފޯރުކޮށްދެވޭނެ ވަސީލަތްތައް މިއަދު ރާއްޖޭގައިވެސް އެބަހުރި މިކަންކަން މިހެން ހުންނަ އިރު އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ރަށެއްވެސް އެރަށެއްގެ ހާލަތުގައި އެރަށެއް ކުރިއާއި އަޅާކިޔާއިރު މިއަދު އޮތް ގޮތާއި ކުރިއަށް އޮތް ތަނުގައި އެއަށް ގެންނަންޖެހޭ ބަދަލުތަކާއި އަދި ރައްޔިތުން ބޭނުންވާނެ ގޮތްތައް ނިންމުމަކީ މިއަދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރާނެ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާއި ރަށްރަށަށް ގެންނަޖެހޭ ބަދަލުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވައިގެން މެނުވީ އެބަދަލުތައް ނުގެނޭވެނެކަންވެސް ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މިފަދަ މަސައްކަތު ބައްދަލުވުންތަކުން ލިބޭ މުހިންމު މަޢުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީން އެމަސައްކަތްތައްް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްކައި ކަން ފާހަގަކުރައްވައި އެޔުނިވާރސިޓީގެ އިސް ބޭފުޅުންނާއި މިކަމުގައި ޝާމިލްވެ އުޅުއްވާ ހުރިހާފަރާތްތަކަށް ވަނީ އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ކައުންސިލްތަކަށް އަމާޒުކުރައްވައިގެން އޮންލައިންކޮށް ކުރިއަށް ގެނދެވި މި ވޯރކްޝޮޕްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކުން 140 ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން