އެމެރިކާގެ ޔޫއެސްއެއިޑްގެ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ އެކި ޕްރޮގްރާމްތަކުގެ ތިން ވަނަ ރިވިއު މީޓިން ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި މި މީޓިންގައި، ޔޫއެސްއެއިޑްގެ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ އެކި ޕްރޮގްރާމްތަކާ ގުޅުން ހުރި ވުޒާރާތަކާއި ދަޢުލަތުގެ މުއައްސަސާތަކާ، އެ ޕްރޮގްރާމްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު ވަނީ ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ތެރެއިން، ދިވެހިރާއްޖޭގައި ޕަބްލިކް ފައިނޭންސް މެނޭޖްކުރުމާއި، ދަޢުލަތް ހިންގުމުގެ ނިޒާމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
ހަބަރު: ސަރުކާރު