ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިސްލާމްއާބާދް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީއަށް ޒިޔާރަތް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިސްލާމްއާބާދް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީއަށް ޒިޔާރަތް ކުރައްވައިފި

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛް މުޙައްމަދު ޠާހާ އިސްލާމްއާބާދު ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީއަށް ޒިޔާރަތް ކުރައްވާ ޗެމްބަރގެ ރައީސް މރ. އަހްސަން ބަކްތަވާރިއާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާންއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވެންހުރި ކަންތައްތަކާމެދު މަޝްވަރާ ކުރެވުނެވެ. މިގޮތުން، ދެ ޤައުމުގެ މެދުގައި ޓޫރިޒަމްގެ ދާއިރާއިންނާއި ޓްރޭޑް އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް އަލިއަޅުވާލެވުނެވެ.

މި ބައްދަލުވުމުގައި ސަފީރު ޠާހާ ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރު ޤާއިމް ކުރުމަށް ޝައުގުވެރިވާކަމުގައި ފާހަގަ ކޮށްފައެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެ، ކަންކަމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން