ވިއްސާރަ ދުވަސް ވަރު ކުޅުދުއްފުށީ ސިޓީގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޓަކައި އަމީނީ މަގު ދެކުނުކޮޅުން މޫދަށް ފެން ބޭރުވާ ގޮތަށް ހޮޅިލައިނެއް އަޅައިފި.
220 ފޫޓު ދިގު މި ހޮލިލައިން އެޅީ މި ވުޒާރާގެ ކުޅުދުއްފުށީ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން. 8 އިންޗި ފަލަ މި ހޮޅި ލައިނުގެ ސަބަބުން ފެންބޮޑުވާ މައްސަލަ މުޅިން ޙައްލުވެގެން ނުދިޔަ ކަމުގައި ވިޔަސް ލުއިތަކެއް ލިބިގެން ދާނެ ކަމަށް ދެކެން.
ހަބަރު: ސަރުކާރު