ދިފާއީ އެއްބާރުލުން ވަރުގަދަކުރުމަށް ރާއްޖެއިން ޗައިނާއާއެކު މަޝްވަރާކޮށްފިއެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން، މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ދިފާޢީ ވަޒީރު ޑޮންގް ޖުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިމަޝްވަރާތައް ކުރައްވާފައިވާއިރު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ދިފާއީ އެއްބާރުލުން ވަރުގަދަކުރުމުގެ ދާއިރާތަކާ ބެހޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ ވަފުދާއެކު ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޟީލް ނަޖީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޣައްސާން މަޢުމޫން، ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ 11 ވަނަ ބެއިޖިން ޝަންގް ޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.