ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ރާއްޖެއާއި ޗައިނާ އާއި ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ މެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކޮށ،ް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތައް ސީދާ އިންވެސްޓްމަންޓްތައް ދެޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވ،ި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ ދެ ޤައުމުގެމެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެކަމަށެވެ.