3 ރަށެއްގައި އައިސް ޕްލާންޓު ހެދުމަށް އަންނަ ހަފްތާ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އައިސް ޕްލާންޓު ހެދުމަށް އަންނަ ހަފްތާ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ 3 ރަށަކީ ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫ އެވެ.
ސަރުކާރުން 11 އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމާފައިވާރިއު ރާއްޖޭގެ އެކި ސަރަހައްދުގައި އައިސްޕްލާންޓްތައް ޤާއިމްކޮށް އައިސް އުފެއްދޭ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.