ރާއްޖެއާއި ޗައިނާއިން ފައިސާއިން މުއާމަލާތް ކުރަންފެށުމުން ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ: ފައިސަލް

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެއާއި ޗައިނާއިން ފައިސާއިން މުއާމަލާތް ކުރަންފެށުމުން ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ: ފައިސަލް

ރާއްޖެއާއި ޗައިނާއިން ފައިސާއިން މުއާމަލާތް ކުރަންފެށުމުން ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާ ދެމެދ،ު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމާއި ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ އިތުރުން ޗައިނާއަކީ ފަތުރުވެރިކަމާ ގުޅުންހުރި ވަރަށް ގިނަ ވިޔަފާރީގެ މުޢާމަލާތްތައް ދިވެހިރާއްޖެއިން ކުރާ ޤައުމެއްކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ގިނަ މުދަލުގެ މުއާމަލާތްތައް ކުރާ ޤައުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާދެމެދު ދެޤައުމުގެ ފައިސާއިން މުޢާމަލާތުކުރަން ފެށުމުން، ރާއްޖެ އަންނަ ފަތުރުވެރިން ކުރާ ފައިސާގެ މުޢާމަލާތްތައް ފަސޭހަވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޅި މި ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީވެސް ޗައިނާއިންނެވެ.

މިއަދު އޮންލައިން