ދިވެހިރާއްޖޭގެ ވަފުދު ބެންކޮކްގެ ބަނދަރަށް ޒިޔާރަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ދިވެހިރާއްޖޭގެ ވަފުދު ބެންކޮކްގެ ބަނދަރަށް ޒިޔާރަތްކޮށްފި

މޫސިމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތާއި ގުޅޭ ވުޒާރާ އިން ހިންގާ "އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫޢުއިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި، ދިވެހިރާއްޖޭގެ ސަރުކާރުގެ އިސް އިދާރާތަކުގެ ވަފުދެއް ބެންކޮކް ބަނދަރަށް ކުރި ތަޖުރިބާ ދަތުރެއްގެ ތިންވަނަ ދުވަހު، އެ ބަނދަރުގައި ކޮންޓެއިނަރުތައް ބަލައި ފާސްކުރާ ގޮތާއި އިލެކްޓްރޯނިކް ކުނި އޮޅުވާލައިގެން އިލެކްޓްރޯނިކް މުދާ ނަމުގައި ޑިކްލެއަރ ކުރުމުގެ މައްސަލަތައް ދެނެގަންނަ ގޮތް ބަލައިލުމުގެ ފުރުސަތު ލިބިއްޖެއެވެ.

މި ޕްރޮގުރާމަކީ، ދިވެހިރާއްޖޭގައި ކެމިކަލްތަކާއި ނުރައްކާރައްކާތެރި ކުނި އެތެރެކުރުމާއި ބޭރުކުރުމާ ގުޅުންހުރި މުޢާހަދާތަކުގެ ތެރެއިން ބާޒަލް ކޮންވެންޝަން އޮން ދަ ކްންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓްސް އޮފް ހަޒަޑަސް ވޭސްޓްސް އެންޑް ދެ އަރ ޑިސްޕޯޒަލް (ބާޒަލް މުއާހަދާ) އަދި ރޮޓަރޑަމް ކޮންވެންޝަން އޮން ޕްރިއަރ އިންފޯރމްޑް ކޮންސެންޓް ޕްރޮސީޖަރ ފޯރ ސާރޓަން ހަޒަޑަރސް ކެމިކަލްސް އެންޑް ޕެސްޓިސައިޑްސް އިން އިންޓަނޭޝަލް ޓްރޭޑް (ރޮޓަރޑަމް މުއާހަދާ) ގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުމަށް، ތައިލެންޑުގެ ބެންކޮކްގައި ހުންނަ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. ނުރައްކާތެރި ކުނި އެއްގައުމް އަނެއްގައުމަށް ގެންދިޔުން ކޮންޓްރޯލްކުރުމާއި އެ ކުނި ނައްތާލުމާ ބެހޭ ބާސެލް މުއާހަދާގެ ދަށުން އެއްގައުމުން އަނެއް ގައުމަށް ކުނި ގެންދިޔުމުގެ ކުރިން އެ ގައުމަކުން ހުއްދަ ނަގަން ޖެހެއެވެ.

ޕޮޕްސް މަޝްރޫޢުއަކީ އަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީގެދަށުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ގުޅިގެން ހިންގާ 5 އަހަރު ދުވަހުގެ މަޝްރޫއުއެކެވެ. މި ދަތުރުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، ފަޔަރ އެންޑް ރެސްކިއު ސަރވިސަސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި މިނިސްޓްރީގެ ވޭސްޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

"މި ދަތުރުން ލިބުނު މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ބަނދަރުތަކުގައި ކުރާ އިންސްޕެކްޝަންތައް އިތުރަށް ހަރުދަނާކުރެވޭނެ،" މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.

 

ބެންކޮކް ބަނދަރަށް ކުރި މި ޒިޔާރަތުން ބާޒަލް މުއާހަދާ ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން