އިންޑަސްޓްރިއަލް އެންޑު ކޮމާޝަލް ބޭންކު އޮފް ޗައިނާ، އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީީޑިއާއަށް މައުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ބޭންކު އައިސީބީސީގެ ބުރާންޗެއް ގާއިމްކުރުންވެސް ހިމެނޭކަމަށާއި މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމާއެކު ވިޔަފާރިއާއި ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެތެރޭގައި ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.