ސަލާމަތް ކުރުމަށް އެދި އަންހެނަކު ރޯ އަޑަށް ހިޔާ ފްލެޓަށް ފުލުހުންވަދެ އަންހެނަކު ސަލާމަތްކޮށް ދެމީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ސަލާމަތް ކުރުމަށް އެދި އަންހެނަކު ރޯ އަޑަށް ހިޔާ ފްލެޓަށް ފުލުހުންވަދެ އަންހެނަކު ސަލާމަތްކޮށް ދެމީހަކު ހައްޔަރުކޮށްފި

ސަލާމަތް ކުރުމަށް އެދި އަންހެނަކު ރޯ އަޑު އިވުމުން ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ފުލުހުންވަދެ އަންހެނަކު ސަލާމަތްކޮށް ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވާ، ރޯ އަޑު އިވުމުން ފުލުހުން އެތަނަށް ގޮސް ދޮރު ހުޅުވުމަށް ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާކަމަށް ބުނެ ދޮރު ލައްޕާ ތަޅުލި ކަމަށެވެ. އަނެއްކާވެސް އެ އަންހެންމީހާ ސަލާމަތަށް އެދި ހަޅޭލެވުމުން ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް ދޮރު ހުޅުވާ އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، މާލެ އުމުރުން 20 އަހަރުގެ އަހްމަދު އުވައިސްއާއި، މއ. ތްރީމޫންސް، މާލެ އުމުރުން 39 އަހަރުގެ މުހައްމަދު މުމީތެވެ.

މިއަދު އޮންލައިން