މާރަންދޫ ކައުންސިލުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދުލްޙަމީދު އަބްދުއްސައްތާރުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ރައީސް އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުލްޙަމީދު އަބްދުއްސައްތާރުއަށް މަރުޙަބާ ވިދާޅުވާކަމަށާއި އަދި މި އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ 35 ވޯޓުގެ ތަފާތަކުންނެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ 285 ވޯޓު ހޯދައިގެންނެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ޝިހާމް މުޙައްމަދަށް ލިބިވަޑައިގަތީ 250 ވޯޓެވެ.